ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު، އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ބ. އަތޮޅަށް ވަޑައިގެންފިއެވެ.
އިބޫ ބ. އަތޮޅަށް ވަޑައިގެންނެވިއިރު މި ދަތުރުފުޅުގައި ބ. އަތޮޅުގެ ރަށްތަކުގައި ދޮރުން ދޮރަށް އެމަނިކުފާނު ހިންގަވާނެއެވެ. އަދި ކެންޑިޑޭޓުންގެ ކެމްޕެއިން އެހެން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރޭ ރައީސް އިބޫ ވަނީ އެމްޑީޕީގެ ޖަގަހަ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ރޭ ބޭއްވި "ދޮގު ދޮލަނގު" ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ އެތައް ބުރަ މަސައްކަތެއް ކޮށްގެން މަޖިލީހަށް އެމްޑީޕީން ހޮވާފައި ތިބި 12 މެމްބަރަކު ޕީއެންސީއަށް ބަދަލު ކުރީ "ކުރި ކަމެއް ކޮށްގެން" ކަމަށެވެ.
ރައީސް އިބޫގެ ވާހަކަފުޅުގައި އެ މެމްބަރުން ޕީއެންސީއަށް ގެންދިޔައީ ކޮން ހުށަހެޅުމެއް ހުށަހަޅައިގެން ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަން ކުރެއްވީ ރިޝްވަތު ހުށަހަޅައިގެން ކަމަށް ދޭހަވާ ގޮތަށް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި