ރ. އަތޮޅުގައި އަޅާނީ ރައްޔިތުން އެދޭ ކަހަލަ އެއާޕޯޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އިނގުރައިދޫ އަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ވައުދަށް އިހްތިރާމުކުރާނެ ކަމުގައި ވިދާޅުވެ ރ އަތޮޅުގައި ރައްޔިތުން އެދޭކަހަލަ އެއާޕޯޓެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެމަނިކުފާނު ވިދާޅުވީ އިގްތިސޯދީ ގޮތުން އެތައް ވަޒީފާއެއް އުފެދި ސަރުކާރަށް، ދައުލަތަށް، އަދި ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އިތުރުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް މުއިއްޒު ވަނީ 'ފުޑް ސެކިއުރިޓީ' ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.
އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރަށް ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ގޮތް ގާއިމުވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހަދަން ކަމަށެވެ.
އަދި އެކަން ހާސިލްވާނީ އުމްރާނީ، އިގްތިސޯދީ، އަދި އިޖުތިމާއީ ތަރައްގީގެ ގޮތުން ފުދުންތެރިކަން ހާސިލްކުރެވުމާއެކު، އެހެން ބައެއްގެ އަތް މަތީގައި ގައުމުގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލު ކުރެވުނު ދުވަހަކުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ އެ މަގުން ކަންތައްތައް ގެންދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން