މި ދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މިދުވަސްވަރަކީ ގިނަ ފަރާތްތައް އެއްވެ، ކާބޯތަކެތި ތައްޔާރުކޮށް އެއްކޮށް ކައި ހަދާ ދުވަސްވަރެއް ކަމުން ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ބަލީގެ އަލާމާތްތައް:
- ވަރު ދެރަވެ، ދިޔާތަކެތި ބޭނުންކުރުން މަދުވުން
- މާގިނައިން ހޮޑުލެވުން
- ބޮލަށް އެނބުރުން އެރުން
- އާދަޔާ ހިލާފަށް ކަރުހިއްކުން
- ކުޑަކަމުދާ މިންވަރު މަދުވުން
- ހޮޑުލާއިރު ނުވަތަ ބޮޑުކަމުދާއިރު ލޭގެ އަސަރު ހުރުން
- އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ