ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ފަލަޞްތީނުގެ މައްސަލައިގައި އޯއައިސީ އިން ބާއްވަމުންދާ ހާއްސަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުން، އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަޞްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމަށެވެ. އަދި އެކަމަކީ ކުއްލިއަކަށް އަމާންކަމާއެކު އުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޑރ ޝަހީމް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނަށް ވުރެ މަތީގައި ވަކި ގައުމަކަށް އޮވެވިގެން ނުވާނެ ކަމަށާއި އިޒްރޭލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.
އަދި ނަސްލެއް ނައްތާލަން ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ފިޔަވަޅު އަޅަން ޝަހީމް ގޮވާލެއްވިއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަމާއި ދިވެހިރާއްޖެ އިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނާއެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހައި ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ