ރައްޔިތުން މަޖިލީހުގެ މެންބަރުން ސަރުކާރަށް ހުރަސް އަޅަމުން ގެންދާތީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަ އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެތޯ ސުވާލު އުފެއްދެވި ކައުންސިލް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަ އެހެން ގޮތަކަށް މާނަ ކުރެވުނު ނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެކްސްގައި އާދަމް ޝަރީފް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އޭނާ އެފަދައިން ވިދާޅުވީ އެއްވެސް ހާލަތެއްގައި ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެއީ އޭނާއާ މުހާތަބުކޮށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކަށް ވާތީ އެ ބަސް ބޭނުން ކުރެއްވީ "ހިއުމާ" އެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ގޮތަކަށް އެ ބަސް ބޭނުން ކުރި ކަމަށް މީހުންނަށް ވިސްނޭ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މ. ދިއްގަރުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ 19ވަނަ މަޖިލީހުގައި މިވަގުތު ތިއްބެވި މެންބަރުންނަކީ އޭނާ ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އެހެންނަމަވެސް އެބޭފުޅުންގެ އަމަލުތައް މިހާރު ހުންނެވި ގޮތުން މަޖިލީހުުގައި ހުންނެވި ނަމަ، އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
"ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފާ ގުޅުވާ އެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އޭރު ޑިފެންސް މިނިސްޓަރުގެ ގޮތުގައި އޭނާ ހުންނެވިއިރު ސިފައިންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ