ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު ވަނީ ޅ. ނައިފަރާއި ހިންނަވަރާއި އެ އަތޮޅު ކުރެންދޫ އަށް ވަޑައިގެންފައެވެ. އެ ރަށްތަކުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ރައީސް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރުފުޅު ފެއްޓެވީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.
އެއާއެކު އެމަނިކުފާނު އަންނަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާއި އަދި ކައުންސިލްތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ކައުންސިލްތަކާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
ދާދިފަހުން މ. މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ކައުންސިލްތަކާއެކު ބާއްވާ ބައްދަލުވުންތަކުން ސީދާ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތް އެނގިގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާއި ވެސް ސީދާ ބައްދަލުވުމުން މަޝްރޫއުތައް ކުރިޔަށް ގެންދަން ފަސޭހަ ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ މިއަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ