ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދިހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭޕްރީލް 2018 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ސިފައިން އަތުލައިގަތީ ސްރީ ލަންކާގެ މަސް ބޯޓެކެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
އެ ބޯޓާ އެކު ހަ ފަޅުވެެރިއަކު ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ އުޅަނދާއި އުޅަނދުގައި ބޭނުންކުރި ހުރިހާ ވަސީލަތްތައް ދައުލަތަށް ނެގުމާ އެކު، އެ އުޅަނދުގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
މަސްވެރިކަމާ ބެހޭ ގާނޫނު ބުނާގޮތުން އެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދުތައް ދައުލަތަށް ނެގުމުގެ ބާރު އޮވެ އެވެ. ނަމަވެސް އެފަދަ އުޅަނދުތައް ދައުލަތަށް ނެގުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ