މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް މޯލްޑިވްސް ކަރެކްޝަންސް އިން ދީފައިވާ ލުއިތައް ރިވިއު ކުރަން ފަށައިފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު “ހަތާވީސް” އަށް މިއަދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް އެ އިދާރާ އިން ދީފައިވާ ލުއިތައް ރިވިއު ކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ރިވިއު ކުރަނީ މިފަހަކުން ހިނގާދިޔަ ކަމަކާއި ގުޅިގެން ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ހުޅުމާލޭގެ ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގައި ޔާމީން ބައިވެރިވެވަޑައިގެންނެވި މައްސަލައެވެ.
މީގެކުރިން ވެސް ކަރެކްޝަންސް އިން ވަނީ ޔާމީނާއެކު ވެފައިވާ އިގުރާރު އުވާލާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
ޔާމީނަށް ލުއިތައް ދެއްވުމާއެކު ޖެހިގެން އައި ރޭ އެމަނިކުފާނު ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ