ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ރިސްކު އެލަވަންސް އަލުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ސެން ޓީޗަރެއް ކަމަށްވާ މ. މުލަކު، ސޯސަންވިލާ، އައިޝަތު ޝައުފާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ސެން ޓީޗަރުންނަށް ދެމުން ދިޔަ އެލަވަންސް މިދިޔަ އަހަރު ވަނީ ކަނޑާލައިފައެވެ.
ރައީސް ވިދާޅުވީ ސެން ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށެވެ. އެ ދާއިރާގެ އިތުރުން ޓީޗަރުން މަދު ދާއިރާތަކުން ޓީޗަރުން ތަމްރީނު ކުރުމަކީ ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރައްވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"ސެން ޓީޗަރުންނަށް ރިސްކް އެލަވަންސެއް ނޫނީ ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ސެން ޓީޗަރުންގެ ރިސްކު އެލަވަންސް ކަނޑާލީ ޓީޗަރުންގެ އާ ޕޭ ފްރޭމްވޯކްގެ ތެރެއިން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެންނެވެ. 2022ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކުރީ ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަތައް ބޮޑު ކޮށްފައެވެ. މުސާރަތައް ބޮޑުކުރިއިރު ސެން ޓީޗަރުންނަށް ދެމުން ދިޔަ އެލަވަންސް ކަނޑާލުމުން އެކަންބޮޑުވުން ކުރިން ވެސް އެ ޓީޗަރުން ފާޅުކުރިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ