މާލޭ ސިޓީގެ މަގު މައްޗަށް ކުނިއަޅާ މީހުންގެ ފޮޓޯ އާންމު ކުރަން ފަށައިފިއެވެ.
މާލޭގެ އެތައް މިތަނަކަށް ކުނިއަޅާ މައްސަލަ ބޮޑުވެ، ދުވާލެއްގެ މައްޗަށް މަގުތަކުން ނަގާ ކުނިތައް އެތައް ގުނައަކަށް އިތުރުވުމުން، ސިޓީ ކައުންސިލުން ވަނީ ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށާފައެވެ. ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ އާންމު އިޖުތިމާއީ އަމަލުތައް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ މަގުމައްޗަށް ކުނި އެޅި މީހެއްގެ ފޮޓޯ އާންމުކޮށްފައެވެ.
ސިޓީ ކައުންސިލުން އެދިފައި ވަނީ އެގޮތަށް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވައި ދެއްވުން އެެދޭ ކަމަށެވެ.
މަގުމައްޗަށް ކުނި އެޅި މީހަކު ހޯދަން ފުލުހުން ވަނީ ސީސީޓީވީ ފޫޓޭޖު ބަލައިގެން، މީހަކު ޖޫރިމަނާ ވެސް ކޮށްފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ