ރާއްޖެ އަަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާފައިވާ ގޮތުގައި މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 529،547 ފަތުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 468،763 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު ރާއްޖެ އަށް މި މުއްދަތުގައި ޒިޔާރަތް ކޮށްފައި ވަނީ 381،126 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ 217،392 ފަތުރުވެރިންނެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް 119،770 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ