ނުދެއްކި ގިނަ ދުވަސްވެފައިވާ ފެނާއި ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މައާފު ކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާ ކަމަށެވެ.
"އަދި ނުދެއްކި ހުރި ފައިސާ ލުޔިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވާނީ ދަންނަވާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިފަދަ ނިންމެވުމަށް ރައީސް ނިންމެވިއިރު ރޯދަމަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ކަރަންޓު ބިލު މި މަހުން ފެށިގެން ކުޑަކުރަން ވެސް އެމަނިކުފާނު މީގެކުރިން ވަނީ ނިންމަވައިފައެވެ.
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
ދެން ކޮބާ ބަރާބަރަށް ދައްކަމުންދާ މީހުންނަށް.އެއްއަހުރު ހިލޭ ކޮށްދޭންވީ އެއްނު
ހުމާމް