ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުން ކުޑަ އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ރެއިން ސުރެ ފުލުހުންގެ ސަބަބުން ކުޑަ އަންހެން ކުއްޖަކަށް އަނިޔާވި ކަމަށް ބުނެ، ފުލުހުންނަށް ފާޑު ކިޔުންތައް އަންނަނީ އަމާޒު ކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، ވިދާޅުވީ އެ ހާދިސާ ހިނގީ ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް [އިތުރަށް ރޭސް އަރުވާ] ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުން ގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ކަމަށެވެ.
"ސައިކަލް ދުއްވާފައި ވަނީ ލައިސަންސް ނެތް ފަރާތެއް އަދި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި ފަރާތްތަކަށް ފަރުވާ ރޭގައި ދެވުނު" ޝިފާން ވިދާޅުވިއެވެ.
ފުލުހުން އަންނަނީ ހުޅުމާލެ އަދި މާލޭގައި މި ރޯދަމަހު ވަކިން ހާއްސަކޮށް ޗެކް ޕޮއިންޓުތައް ޖަހާ ވެހިކަލްތައް ޗެކް ކުރަމުންނެވެ. އަދި ގަވާއިދާ އެއްގޮތަށް ދުއްވާ ފަރާތްތަކަށް ފުލުހުން އަންނަނީ ހަދިޔާއެއް ވެސް ދެމުންނެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި