ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ ތަހުގީގާ ގުޅުންހުރި މައްސަލައެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިއަދު ވިދާޅުވީ އެ ތަހުގީގަކީ އޭސީސީއާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ފުލުހުން ދާދިފަހުން ބުނީ އާރްޑީސީގެ ހިޔާނާތުގައި ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެ މައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވޭ ކަމަށެވެ.
އެގޮތުން އެ މީހުންގެ އަމިއްލަ އެކައުންޓަށް 14 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށްވެއެވެ.
އޭރު ފުލުހުން ބުނީ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ