ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމަށް "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދުއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ސްކީމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހާއްސަކޮށްގެން ކަމަށެވެ. އެ ސްކީމުގެ ދަށުން ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރެވޭނީ ފަސް ޕްރޮފިޓް ނުވަތަ އިންޓްރެސްޓް ރޭޓުގައެވެ. ހިޔާވެހި ފައިނޭއިންސް ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ބަވާތައެއްގެ ލޯނުގެ މައްޗަށެވެ.
ލޯނު ދޫކުރާ ދެ ބާވަތް:
1 – އަތޮޅުތެރޭ ރަށްތަކަށް ޙާއްސަ ލުއި ލޯން ސްކީމެއް – މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރެވޭނީ އެއް މިލިއަން ރުފިޔާ
2 - ގްރޭޓާ މާލެ ރީޖަން ސަރަހައްދާއ،ި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ޙާއްސަ ލުއި ލޯން ސްކީމެއް - މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރެވޭނީ ތިން މިލިއަން ރުފިޔާ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ