ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ދިން ހުއްދައިގެ މުއްދަތު އިތުރު ނުކޮށް، ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނައުމުގެ ހެޔޮ އަސަރު ފެންނަން ފަށާފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސޯދު ވެސް ރަނގަޅު ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި އާމްދަނީ ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ކަމަށާއި މާޗް 14 އާ ހަމައަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ.
މީގެއިތުރުން އިމާދު ވަނީ ހިސާބު ތަކުން ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
"ކެޕިޓަލް އެކްޕެންޑިޗާ އެބަހުރި 2023 ގައި 3.2 ބިލިއަންގައި. އެކަމަކު މިހާރު އުޅޭކަމަށް މި ފެންނަނީ 1.5 ބިލިއަން ރުފިޔާގައި،" އިމާދު ވިދާޅުވިއެވެ.
އިމާދު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް އެތެރޭގެ މާކެޓުތަކުން ދަރަނި ނަގާ ނިސްބަތް ވެސް ދަށް ކުރެވިފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ