ފ. މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެރަށު ރައްޔިތުން ނިކުމެ އިހުތިޖާޖުކޮށްފިއެވެ.
އެރަށުގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ މިހާތަނަށް ހަތަރު ވަރަކަށް ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މަދު ދުވަސް ކޮޅެއް ކަމަށްވީ ނަމަވެސް އެކަމުގެ ކަންބޮޑުވުން ކައުންސިލުން ވެސް އަދި ރައްޔިތުން ވެސް އަންނަނީ ފާޅު ކުރަމުންނެވެ.
ރޭ އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ މަސައްކަތް އެގޮތަށް ހުއްޓާ ނުލެވޭނެ ކަމަށާއި އެރަށަށް އެއާޕޯޓު ގެންނާނެ ކަމަށް ބުނެ އަޑު އުފުލައިފައެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަނީ ސަރުކާރު ކުންފުނި އެމްޓީސީސީންނެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އެ މަޝްރޫއު ނިމުމުން ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް މަގޫދޫ އެއާޕޯޓު ވެގެން ދާނެ ކަމަށް މީގެކުރީ ސަރުކާރުގެ ވެރިން ވަނީ ވިދާޅުވެފައެވެ.
މަގޫދޫގައި އެއާޕޯޓެއް އަޅަން އޭރުގެ ސަރުކާރުން ނިންމީ އެރަށަކީ އެއާޕޯޓެއް އެޅުމަށް އެންމެ ރަނގަޅު ރަށް ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ދިރާސާކޮށް ސަރުކާރުގައި ދެންނެވުމުންނެވެ.
އެ އެއާޕޯޓު ތަރައްގީ ކުރަމުން ދަނީ ގާތްގަނޑަކަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެންނެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި