މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިތުރުކޮށްފިކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ޕީސީބީން ކުރިން ބުނެފައި އޮތީ ކޯޕަރޭޓް ގަވަނެންސް އާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅި އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށް ކަމަށް އޭނާ 14 ދުވަހަށް މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ. ދެ ހަފްތާގެ މުއްދަތު މިއަދަށް ހަމަވެއެވެ.
އެހެންކަމުން ޕީސީބީން މިހާރު ވަނީ ސަމާހުގެ ސަސްޕެންޝަން އިތުރު ކޮށްފައެވެ. އެގޮތުން އަންނަ މަހުގެ 12ވަނަ ދުވަހާ ހަމައަށް އޭނާގެ ސަސްޕެންޝަން ވަނީ އިތުރުކޮށްފައެވެ.
އެކަމާއި ގުޅިގެން ޕީސީބީގެ ނާއިބު ރައީސް މުހައްމަދު ފިރާޒް ވިދާޅުވެފައި ވަނީ ސަމާހުގެ މައްސަލަ ޕީސީބީ އަށް ލިބުނީ ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ގިނަ ހެކިތައް ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ