އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
އީސީގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި އިސްމާއީލް ހަބީބުގެ މެންބަރު ކަމުގެ ދައުރު މިމަހުގެ 13ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައި ވަނީ އީީސީގެ މިހާރުގެ އެސްޖީ ޒަކަރިއްޔާގެ ނަމެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ޒަކަރިއްޔާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ.
ޒަކަރިއްޔާ އަކީ 2021ވަނަ އަހަރު އެ ކޮމިޝަނުގެ އެސްޖީގެ މަގާމާ ހަވާލުވި ފަރާތެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ