ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ކަމަށް ހިސާބުތަކުން ދެއްކި އަވައްޓެރި އިންޑިއާ އިން އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ބޮޑުތަނުން މަދުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް (1 މާޗު އިން 31 މާޗު) ރާއްޖެ އަށް 604،004 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 523،928 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަނީ އަވައްޓެރި އިންޑިއާ އެވެ. ނަމަވެސް މިއަހަރު އިންޑިއާ އޮތީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ ހަވަނައިގައެވެ. މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަނީ ޗައިނާ އިންނެވެ. އެއީ 67،399 ފަތުރުވެރިންނެވެ. އިންޑިއާ އިން އައިސްފައި ވަނީ 34،855 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި މާޗު މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އަށް 56،208 ފަތުރުވެރިން އައިސްފައިވެއެވެ.
އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިޔައީ މި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގެ ބައެއް ރައްޔިތުން ގޮވާލަން ފެށުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ