މާލޭގެ މިސްކިތަކުން ވަގަށް ނެގި ފަންކާއެއް ވިއްކާލަން އުޅުނު މީހަކު ކުށުގެ ވެށިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ އެއްވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރު ހޯދާފައިވާ ކަމަށްވެސް ބުންޏެވެ. އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި އަދި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ