ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަވާ، "ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)" އުފެއްދުމަށް ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދީފިއެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ޔާމީންގެ ދަރިކަލުން މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މީގެ ހަތަރު މަސް ކުރިންނެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާން އީސީން މިއަދު ހުއްދަ ދިނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހުށަހަޅާފައިވާތީއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ އެ ޕާޓީއަށް ސޮއިކުރި 3,000 މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިކޮށްގެން ޕާޓީ އުފެއްދުމުގެ ޖަލްސާ ބައްވަންޖެހޭނެ ކަމަށެވެ. އަދި އެ 300 މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ބުނެފައިވެއެވެ.
ޕާޓީ އުފެއްދުމުގެ ޖަލްސާގައި ނިންމަންޖެހޭ ކަންކަން
- ޕާޓީގެ ނަމާއި ޕާޓީގެ އަސާސީ ގަވާއިދު
- ވަގުތީ ގޮތުން މަގާމުތަކަށް މީހުން އައްޔަންކުރުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ