ދޮގު ހަދާ އޮޅުވާލައިގެން ރައްޔިތުންނަށް ދެރައެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ހުޅުމާލެ ލޮޓް ނަންބަރު 10471، ޙުސައިން ރަޝީދު، ވަނީ ސަރުކާރާއި ވާދަވެރި ފަރާތްތަކުން އެކި ތުހުމަތުތައްކޮށް ފަތުރާ ބައެއް ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވައި ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވާހަކަތައް އުފައްދަމުން އަންނަ ކަމަށެވެ. އެކަން ކުރަމުން ދަނީ މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިހާބުގައި ދެއްކެވި ހުރިހާ ވާހަކަތަކެއް ވެސް ފޮތެއްގައި ލިޔެފައި ވާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެއްވެސް ކަމެއް އެމަނިކުފާނު ނުފޮރުވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑެއް ކަމެއް އޮޅުވާލާ، ދޮގު ހަދައިގެން ރައްޔިތުންނަށް ކަންކަމުގައި ދެރަ ދޭނެ މީހެއް ނޫން މިއިކީއެއް،" ރައީސް ވިދާޅުވިއެވެ.
ދައްކަވާ ކޮންމެ ވާހަކައެއް ވެސް ދައްކަމުން ގެންދަނީ ދެކެ ދެނެވޮޑިގެންވާނެ ފަރާތެއްވާކަން ހަނދުމަފުޅުގައި ބަހައްޓަވައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ