ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މާލެ ސިޓީ، މމޚދަފްތަރު 12151، އާމިނަތު ނަޒީރާ، ވަނީ ކުރީން ހިންގަމުން އައި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅޭ ގޮތުން ރައީސާ ސުވާލު ކުރައްވައިފައެވެ.
ނަޒީރާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާ ގުޅޭ ގޮތުން އަދި އެމަނިކުފާނުގެ ސަރުކާރާ ގުޅޭ ގޮތުން ހަދާ ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ކަމަށެވެ. ރައީސް ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށެވެ. އަދި އެކަމަށް ދިވެހި ރައްޔިތުން ހެކި ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ފެނުނު ރަށްރަށުގައި ފެނާއި ނަރުދަމާގެ ހޮޅިތައް މަގުމަތީގައި ހުރިއިރު މަސައްކަތް ކުރާނެ މީހަކު ނެތް. މަގު ހަދަން ފަށާފައި މީހެއްގެ ހިލަމެއް ނެތް. މިހެން ހުރި ބަނދަރުތަކުގެ މައްސަލަ، ސްކޫލް އިމާރާތް ފަށާފައި އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާފައި. އަހާލީމަ މީގެ ދެ އަހަރު ކުރިން ހުއްޓިފައި ކަމަށް ބުނަނީ،" ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ފެނިވަޑައިގެން މަންޒަރު ހިއްސާ ކުރައްވާ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް މަޝްރޫއުއެއް އެކި ފަހަރު މަތިން ތިން ހަތަރު ކޮންޓްރެކްޓަރުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި އެކަމަކު މި ސަރުކާރު އައިސް ހުއްޓިފައި ހުރި ވަރަށް ގިނަ މަސައްކަތްތައް ފެށިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ