ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން އެ އިދާރާ އިން ވަނީ އެ ސަރަހައްދުތަކަށް ވައިޓް އެލާޓު ވެސް ނެރެފައެވެ.
އެލާޓު ނެރެފައި ވަނީ ހެނދުނު 6:15 އިން ފެށިގެން މިއަދުގެ ހެނދުނު 11:00އާ ހަމައަށެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވާރޭ ވެހެން ފަށާފައި މިވަނީ، ހޫނު ގަދަ ދުވަސްތަކަކަށް ފަހުއެވެ.
އެގޮތުން މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން މާލެ ސަރަހައްދަށް އިހްސާސްކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގައެވެ. މެޓުން ބުނީ މިދިޔަ އަހަރުވެސް އެންމެ ހޫނުގަދަ ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44 ޑިގްރީ ސެލްސިއަސްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ