ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް "އީދު އަލި" ހަރަކާތް މިރޭ ފަށައިފިއެވެ.
މި ހަރަކާތުގެ ދަށުން މާލެ ސިޓީ އާއި އަދިވެސް ރާއްޖޭގެ ބޮޑެތި ސިޓީތަކާއި ރަށްތައް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލާލާނެއެވެ.
ޖުމްހޫރީ މައިދާނުގައި އޮތް އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒާއެކު އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެދެކަނބަލުންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޢީދު އަލި" ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި ހުރި ފައްވާރުވެސް މަރާމާތުކޮށް، އަލުން ވަނީ އިފްތިތާހުކޮށްފައެވެ.
ފައްވާރު ހުޅުވައިދެއްވީވެސް ރައީސް މުއިއްޒެވެ. މި ފައްވާރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ބިނާކުރި ތަނެކެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ