ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދު ކުރަމުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިފަދައިން ބުނީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން އައިސް ހުރަސް އެޅި މައްސަލާގައެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އެމްޑީޕީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ ކުރީގެ ރައީސް ޔާމީން ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ބާރާއި ނުފޫޒުގެ ބޭނުންކޮށް ހުރަސް އަޅައި ހުއްޓުވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވާފައި ވުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިނުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ" އެމްޑީޕީން ބުންޏެވެ.
ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ