ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.
އިބޫ އާއި ފައްޔާޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ އެމްޑީޕީ މަޖިލިސް ކެމްޕެއިނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. އާރްޓީއެލްގައި އައްޑޫ ސިޓީ، ފޭދޫއަށް ބަނދަރަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ އިތުރުން އެމްޑީޕީ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.
ދެކުނުގެ އަތޮޅުތަކަށް ރައީސް އިބޫ ކުރައްވާ ދަތުރުފުޅު މިއަދާއި މާދަމާ އައްޑޫގައި މަޑުކުރައްވާނެއެވެ. އަދި އެއަށްފަހު ހުވަދުއަތޮޅަށް ވަޑައިގަންނަވާނެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި