ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އަހްމަދު ރިޔާޒަށް ކެމްޕެއިން ކުރުމަށް ބައެއް ވަޒީރުން އެރަށަށް ވަޑައިގަތުމުން ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރާ ފަރާތްތަކުން މުޒާހަރާ ކޮށްފިއެވެ.
މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒުގެ ބޭބެ އަހްމަރު ރިޔާޒަށް ސަރުކާރުން ވަނީ ތާއީދު ކުރަން ނިންމައިފައެވެ. ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް އެ ދާއިރާގެ ޓިކެޓު ލިބިފައި ވަނީ އިބްރާހިމް ސަނާހް (ސަންޓޯ) އަށެވެ.
ނަމަވެސް ރިޔާޒަށް ކެމްޕެއިން ކޮށްދިނުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ހެލްތު މިނިސްޓަރު ހަލީލު ވަނީ އެރަށަށް ވަޑައިގެންފައެވެ. އަދި ރިޔާޒުގެ ކެމްޕެއިން ޖަގަހައެއް ވެސް ހުޅުވައިދެއްވިއެވެ.
އެކަމުގެ ނުރުހުން ފާޅުކޮށް އެކްސްގައި ސަނާހް ކުރި ޕޯސްޓެއްގައި ބުނީ އޭނާ އަކީ އެރަށު ޕީއެންސީގެ ރައީސް ކަމަށެވެ. އަދި އެރަށުގެ ޕީއެންސީގެ ޖަގަހަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވަނީ ހުޅުއްވައިދެއްވާފައިވާ ކަމަށާއި ޕީއެންސީގެ އިތުރު ޖަގަހެއް އެ ރަށުގައި ނުހުންނާނެ ކަމަށް ބުންޏެވެ.
"ލަދުހަޔާތް ކެނޑުނަސް މީދެން ބޮޑުވަރެވެ. ބަޢާވާތް ކުރަން ވަކިކަމެއް ނޯވެއެވެ. އެމްއެންޕީ އަށް މީހުން ނުލިބި ސަޕޯޓް ނެތުމަކީ ޕީޕީއެމް ޕީއެންސީގެ މައްސަލައެއް ހެއްޔެވެ،" ސަންޓޯގެ ޕޯސްޓުގައިވެއެވެ.
ސޯޝަލް މީޑިއާގައި ވަނީ ތިމަރަފުށީގައި މުޒާހަރާކުރި ވީޑިއޯތައް އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަނީ ރިޔާޒަށް ކެމްޕެއިން ކުރުމަށް ވަޒީރުން ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު އެކަމާއި ނުރުހުން ފާޅުކުރާ މަންޒަރެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި