ކޮވިޑް19 ގެ ތެރޭގައި ބައެއް ފަރާތްތަކުން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް މައާފު ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫ އަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ކޮވިޑުގައި އެދެތަނުން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކިވާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ އެ ލޯނުތައް މައާފު ކޮށްދެއްވަން ނިންމެވީ އެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އަދި ލޯނުތަކުގެ އިންޓްރެސްޓް މައާފު ކޮށްދިނުމަށް އެދި، އީދު ބަންދަށްފަހު އެ ފަރާތްތަކަށް އެދެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ދެން އެ ލޯނު ނެގި މީހުންނަށް އެ އަށް އެޕްލައިކޮށް އެގްރީމަންޓް ހެދީމާ އިންޓްރެސްޓް މާފުވާނެ،" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެ ލޯނުތައް މައާފު ކޮށްދޭނެ ވާހަކަ ދެއްކި ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެނެސްފައި ނުވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ