ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިންޑިއާ އަދި ރާއްޖެ އިން އެއްބަސްވެފައިވާ ގޮތަށް ސިފައިން ފައިބަމުން ދާ ކަމަށާއި އެގޮތުން އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މިމަހު ފައިބައިފި ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީން ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ވަނީ މިއަދު އެ ސިޓީ އަށް ވަޑައިގެންފައެވެ.
އައްޑޫ ހައި ސްކޫލުގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިމަހުގެ 9ވަނަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފައިބައިފައިވާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފައިބާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށާއި އެގޮތުން މިއަންނަ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ސިފައިން ބާލަން އެގައުމުން މިހާރު އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު އެއް ރިޔާސީ ވައުދެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ވަނީ ފަށައިފައެވެ.
އަދި ދުބާއީގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އެކަމުގެ މަޝްވަރާތައް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ