މޫސުން ގޯސްވެ މާލެ އަށް މިއަދު ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މިއަދު ހެނދުނު 10:00ގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ 13 އަތޮޅަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައެވެ. އޭގެފަހުން ހއ. އަތޮޅުން ފ. އަތޮޅުގެ ރަށްތަކަށް އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރުނެވެ.
ޔެލޯ އެލާޓު ނެރެފައި ވަނީ މިރޭގެ 20:15އާ ހަމައަށެވެ. އެ ވަގުތާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މިހާރު ކުރަމުން މިއަންނަ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެޑް ރެސްކިއު ސާވިސް އިން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ