ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ޕީޕީއެމް / ޕީއެންސީ އިން ކުށްވެރި ކޮށްފިއެވެ.
ޕީޕީއެމް / ޕީއެންސީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން އެ ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދެއެވެ،" ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުން ކަމަށް ބުނެފައިވެއެވެ.
އަދި ރައްޔިތުން މަޖިލިސް އިންތިހާބާއި ދިމާކޮށް އެ ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުން އަންނަ ކަމަށާއި އެއީ ކަނޑައެޅިގެން އިންތިހާބުތަކާބެހޭ ގާނޫނާވެސް ހިލާފު ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން ޕީޕީއެމް / ޕީއެންސީ އިން ވަނީ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލައިފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުގީގު ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ