އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އިލެކްޝަންސް އިން އެގޮތަށް ނިންމީ ދެ ގޮތަކަށް ވިސްނުމަށް ފަހުއެވެ. އެއީ މޫސުން މިހާރު އޮތް ގޮތުން ވޯޓުލާ ދުވަހު ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދު ވެދާނެތީއެވެ. އަދި އެ ދުވަހު ހޫނުގަދަ ނަމަ މެންދުރުގެ ވަގުތުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ވެސް މަދުވެދާނެ ކަމަށް ބެލުމަށްފަހުއެވެ.
އެހެންކަމުން އިލެކްޝަންސް އިން މިހާރު ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
މިހާރު 86 މެންބަރުން ތިއްބެވި މަޖިލީހަށް މި އަހަރު 93 މެންބަރުން އިންތިހާބު ކުރަން ޖެހޭނެއެވެ. މި އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި