ބޭނުންފުޅު ވަނީ ނަތީޖާ ނެރެ ދިނުމަށް ފޯކަސް ކުރާ ސަރުކާރެއް ހިންގަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ފޯކަސްގައި އޮތީ އެންމެ ކަމެއް އެކަނި ކަމަށާއި އެއީ ނަތީޖާ ނެރެދިނުން އެކަނި ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ވެވަޑައިގަތީ އިހުލާސްތެރި ކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެންމެ ދުވަހެއް ވެސް އެންމެ ގަޑިއިރެއް ވެސް ބޭކާރު ކުރުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
"ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވަވާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ބްރިޖުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ އަށް ގޮނޑި ސަރުކާރަށް ހޯދައިދީފި ނަމަ، ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން ދެއްވަވާފައެވެ.
"އެހެންވީމަ އަޅުގަނޑުމެން އަށް ކެންޑިޑޭޓުން ހޮވަންވީ. ވަގުތު ބޭކާރުކޮށްލާނެ ކަމެއް ނެތް. ދެވަނަ ވިސްނުމެއް ސިކުނޑިއަށް ގެންނާނެ ކަމެއް ނެތް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ