އިންޑިއާ ކަނޑުގެ ކޯޅުންތަކާއި އިންޑިއާ އަދި ޗައިނާއާ ދެމެދު ހިނގަމުން އަންނަ ކޯޅުންތަކުގައި މި ކުޑަ ދިވެހިރާއްޖެ ފިތިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ވަގުތަށް ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިފަދައިން ވިދާޅުވީ ރޭ ރާޅުގަނޑުގައި ބޭއްވި ދަ ޑިމޮކްރެޓްސްގެ މަޖިލިސް ކެމްޕެއިން ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު މި ދުވަސްކޮޅު އުޅުއްވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާގައެވެ. އެގައުމުގައި ނަޝީދު އުޅުއްވަނީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށެވެ.
މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް އަދާ ކުރެއްވި ނަޝީދު ވިދާޅުވީ ދިވެހިން ސަލާމަތުގެ އައްސޭރިއަކަށް ގެނެސް ދިނުމަށް އެ ހިތްވަރާއި އިލްމާއި އަޒުމް ހުންނަން ޖެހޭ ކަމަށެވެ. އެއީ ވަކި އަތަކަށް ދީލާލުން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ހިފެހެއްޓުމަކީ އެތައް ސަތޭކަ އަހަރުތަކެއް ވަންދެން ދިވެހީން ކުރަމުން ދިޔަ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި ރައްޔިތުންގެ މަޖިލިސް 20ވަނަ ރައްޔިތުންގެ މަޖިލިސްގައި ކުރާނެ ބަހުސެއް މި ދެންނެވީ. އެބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭނީ މިކަން އެނގި ދެނި ރައްޔިތުން މަޖިލީހުގެ މެންބަރުން އެ މެންބަރުން މިތިބީ ޑިމޮކްރެޓްސްގެ ޕާޓީގައި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުމަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އަމަލު ކޮށްފައިވާ ގޮތަށް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ދަރަނި ދެއްކުމަށްޓަކައި ދަރަނީގެ މައްޗަށް ދަރަނި އެމްޑީޕީގެ ސަރުކާރުން ދަރަނި ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދަރަނީގެ ދަންތުރައިން ދިވެހިން ސަލާމަތް ނުވެވި އުޅޭ ކަމަށާއި ބޯހިޔާވަހިކަމަށް ވެސް ހައްލެއް ގެނެސްދެވިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ