މ .ރަތްމަންދޫ ބޭރުން ޑައިވިން ދޯންޏެއްގައި ފަރުމަސް ބާނަން ދިޔަ ބަޔަކު ގެއްލިގެން އެ ދޯނި ހޯދުމަށް ސިފައިން ކުރި މަސައްކަތުން ދޯނި ހޯދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއާ ކޯގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން އެދޯނި ހޯދާފައިވާ ކަމަށެވެ.
އެ ދޯނި ފެނިފައި ވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށް ވެސް ބުންޏެވެ.
އެ ދޯނި ގެއްލުނުއިރު ތިން މީހުން ތިއްބެވެ. އެމީހުންގެ ހާލަތު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ