މާދަމާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ކުރިޔަށްދާއިރު ވޯޓުލާ އެއްވެސް މަރުކަޒުތައް ކައިރީގައި ޓެންޓު ޖަހައިގެން އާއްމު ފަރާތްތަކާއި ސިޔާސީ ބައެއް ޕާޓީތަކުން ތިބުމަކީ މަނާ ކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.
މާދަމާ އޮންނަ ރައްޔިތުން މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން އަދި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތައް ކައިރީގައި ޓެންޓު ޖެހުމާއި ގޮނޑި ޖަހައިގެން ތިބުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް އެކަން އެގޮތަށް ފުލުހުން ކޮށްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިހާބު ކުރިޔަށްދާއިރުގައި ވެސް ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ވޯޓުލާ މަރުކަޒުތަކުގައި ކަންކަން ހިނގަމުން އަންނަ ގޮތް ފުލުހުންގެ ކޮމާންޑް ސެންޓަރަށް ވަގުތުން ފެނުން ކަމަށާއި އަދި ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް އަވަހަށް އެޓެންޑުވުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ