ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިގެން ދިޔަ ކާމިޔާބީ އަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ސާބިތުވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ. އިއްޔެ ބޭއްވި މަޖިލިސަ އިންތިހާބުގައި ސަރުކާރުން ވަނީ 71 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައެވެ.
"އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގިކަށަވަރުވެފައެވެ." ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބުގެ އެއްވެސް ޖަލްސާއެއްގައި އެ ހުސް ގޮނޑި ދައްކާވަފައި ނުވާ ކަމަށެވެ. އަދި ވަކި ބޭފުޅެއްގެ ފޮޓޯ ވެސް ޖަހާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭ ގޮތުން ފަތުރަމުން ގެންދިޔަ އިހާނެތި ވާހަކަތަކާއި މެދުނުކެނޑި ކުރިމަތި ކުރުވުމަށް ގެންދިޔަ ތުހުމަތުތައް ރައްޔިތުން ބަލައިނުގަތްކަން އިއްޔެގެ ވޯޓުން ރައްޔިތުން ސާބިތު ކޮށްދީފައިވާ ކަމަށެވެ.
"މިއާއެކު މި ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަގީގަތެކެވެ." ޔާމީންގެ ތާއީދާއެކު މަޖިލީހަށް ނިކުތް ކެންޑިޑޭޓުންނަށް އިޝާރާތްކޮށް ވިދާޅުވިއެވެ.
މިފަހަރުވެސް މާމިގިލި ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް އޭނާ ވާދަކުރާކަން އެނގުމުން، އެދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރި، އޭނާ އަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ