ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރުން ގިނަ ދާއިރާތައް ކާމިޔާބުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމުގެ އުފާ ފާހަގަކުރުމަށް ނިންމައިފިއެވެ.
ޕީއެންސީ އިން މިއަދު ބުނީ ދިވެހި ރައްޔިތުންނަށް މަރުހަބާއާ ޝުކުރު ދެންނެވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެ ކަމަށެވެ. އެ ޖަލްސާ އޮތީ މިރޭގެ 20:30ގައި އާޓްފިޝަލް ބީޗުގައެވެ. އެ ޖަލްސާއަށް ހުރިހާ ދިވެހީންނަށް އެޕާޓީން ވަނީ ދައުވަތު އަރުވައިފައެވެ.
މި ޖަލްސާގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ސަރުކާރުން ވަނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 70 ދާއިރާ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އަކީ ދެބައިކުޅަ އެއްބައެވެ. ސަރުކާރުން ވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން ތިނަދޫ ސިޓީގެ ވެސް މެޖޯރިޓީ ހޯދައިފައެވެ.
މި އިންތިހާބުގައި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ އެމްއެންޕީ އަދި އެމްޑީއޭ އިން ވެސް ބައެއް ގޮނޑިތައް ހޯދާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކާމިޔާބު ކުރެއްވި މާފަންނު އުތުރު ދާއިރާގެ ގޮނޑި އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ހޯދާފައިވާ މީދޫ ދާއިރާގެ ގޮނޑީގެ އިތުރުން އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާ އަށް ވާދަކުރެއްވި މުހައްމަދު އައްބާސް ކާމިޔާބު ކުރެއްވި ގޮނޑިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ