މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމަށް އެ ގޮނޑި ގެއްލުނީ ނަޒްރާގެ އެއްބަނޑު އެއްބަފާ ބޭބެ އަދި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ ސަބަބުން ކަމަށް މަހްލޫފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ނަޒްރާ އަށް ގޮނޑި ގެއްލުވާލުމުގައި އިސްކޮށް އުޅުއްވީ ނަޒްރާގެ ބޭބެ ފައިސަލް ނަސީމް ކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އެ ގޮނޑި ގެއްލުވާލެވުނީ އެންމެ 48 ވޯޓުން ކަމަށް ވިދާޅުވިއެވެ. މަހްލޫފް ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ ފަރާތުން އެ މައްސަލަ އެމްޑީޕީ އަށް ހުށަހަޅާނެ ކަމަށެވެ.
މަހްލޫފް ތުހުމަތު ކުރެއްވި ގޮތުގައި އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ނަޒްރާއާ ދެކޮޅަށް ފައިސަލް އެތައް މަސައްކަތެއް ކުރަމުން ދިޔަ ކަމަށެވެ. އަދި އެކަން ސީދާ ޕާޓީގެ ލީޑާޝިޕަށް ވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހުދު ނަޒްރާ އާއި ފައިސަލްގެ އާއިލާގެ މެންބަރުންނަށް ވެސް އެނގޭ ކަމަށް ވިދާޅުވިއެވެ.
މަހްލޫފްގެ މެސެޖުގައި އެ މައްސަލާގައި ދޫ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހަމަޖެއްސި ހިސާބުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގައި އިތުރު ސަބަބެއް ވެސް ހިމެނޭ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސއްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑިވެސް މި ވަނީ ގެއްލުވާލާފައި،" މަހްލޫފް ވިދާޅުވިއެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ނަޒްރާއާ ވާދަކޮށް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޢެކަން އެވީ ހަމަ ވަާންވި ގޮތައް ﷲ ގެ ކުޅިދުންވަންތަ ކަމަކާ ނުކުޅެވޭނެ މަހުލޫފް މިހާރު މޮޔަވަނީ
މހނތީހާދަ ގަބޫލުކުރަން ދަތިވާހަކައެއް
ނެތް