މިދިޔަ އާދީއްތަ ދުވަހު [21 އޭޕްރީލް 2024] ބޭއްވުނު ރައްޔިތުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކާމިޔާބު ހޯއްދެވި ފަސް އިންތިހާބީ މެންބަރަކު ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
މި ފަސް ބޭފުޅުންނަކީ ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް ކުރިން ޕީއެންސީގައި ތިއްބެވި ފަސް މެންބަރުންނެވެ. އެއްބައި ބޭފުޅުންނަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ނިކުންނެވި ބޭފުޅުންނެވެ.
ޕީއެންސީ އަށް ސޮއިކުރެއްވި އިންތިހާބީ މެންބަރުން:
- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު
- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު
- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް
- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން
- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް
- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް
މި ފަސް ބޭފުޅުންގެ ތެރެއިން އަހްމަދު ރިޔާޒަކީ މުޅިން އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.
ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އެ އިންތިހާބުގައި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ހޯދި ހަތަރު ގޮނޑިއާއެކު ޖުމްލަ 70 ގޮނޑި ސަރުކާރަށް ވަނީ ލިބިފައެވެ.މަޖ
ވިހިވަނަ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް މިފަހަރު ލިބުނީ އެންމެ 12 ގޮނޑިއެވެ. ގުޅޭ ޓެގު ރައްޔިތުންގެ މަޖިލިސް ރާއްޖެ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ސިޔާސީ ޚަބަރުކޮމެންޓް ހިޔާލު ފޮނުވާ
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި