މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އުވާލައިފިއެވެ.
އެ މައްސަލައާ ގުޅިގެން ޕީސީބީން ކުރިން ބުނެފައި އޮތީ ކޯޕަރޭޓް ގަވަނެންސް އާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅި އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށް ކަމަށް އޭނާ 14 ދުވަހަށް މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ. ދެ ހަފްތާގެ މުއްދަތު މިއަދަށް ހަމަވެއެވެ.
އެހެންކަމުން ޕީސީބީން މިހާރު ވަނީ ޝަމާހް ސަސްޕެންޝަން އިތުރު ކޮށްފައެވެ. އެގޮތުން އަންނަ މަހުގެ 12ވަނަ ދުވަހާ ހަމައަށް އޭނާގެ ސަސްޕެންޝަން ވަނީ އިތުރުކޮށްފައެވެ.
މުސާރައާ އިނާޔަތް ވެސް ލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ޝަމާހުގެ ސަސްޕެންޝަން އުވާލިއިރު އެ މައްސަލަ ބެލުމަށް އުފެއްދި ކޮމެޓީ ވެސް ވަނީ އުވާލައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ