ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ރަޝީދު ވެސް ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
އޭނާ އަކީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ފަރާތެކެވެ. އޭނާ ޕީއެންސީއަށް ސޮއި ކުރުމުން ހަމައެކަނި މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެންބަރުންގެ އަދަދު 73 އަށް ވަނީ އަރައިފައެވެ.
އިއްޔެވެސް ރައީސް މުއިއްޒުގެ ތާއީދާއެކު މަޖިލިސް އިންތިހާބަށް ނިކުމެ އިންތިހާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅަކު ވަނީ ޕީއެންސީ އަށް ގުޅިވަޑައިގެންފައެވެ.
ނުވަދިހަ ތިން މެންބަރުން ތިއްބަވާ މަޖިލީހުގައި ޕީއެންސީގެ މެންބަރުންނާއި އެޕާޓީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން އިންތިހާބުވި މެންބަރުންގެ އަދަދާއެކު ސަރުކާރު މެންބަރުންގެ އަދަދު 77 އަށް ވަނީ އަރައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ