މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު މައުމޫނާއި އޭނާގެ އާއިލީ ބައެއް ފަރާތްތަކަށް އަދި މައުމޫންއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާތައް ކުރުމަށް މިމަހުގެ 18ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުމޫންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކޮށްފައެވެ. އެ ދައުވާތައް ކުރުމަށް ފޮނުވީ އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ ގޮތުގައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު ޖަމާ ކޮށްފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
ޕީޖީން ބުނީ މައުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއް ކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން އެ އޮފީހަށް މައުލޫމާތުދީފައި ވާތީ ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އެ މައްސަލައިގެ އަޑުއެހުމެއް ވެވަޑައިގެންނެވި އެންމެ އަވަސް ތާރީހަކަށް ތާވަލު ކޮށްދެއްވުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އަދި މައުމޫން ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރެ ދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް ބުންޏެވެ.
އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަޕޯލް މެދުވެރިކޮށް، ދައުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ހިދުމަތަށް ފަހިވާނެ ކަމަށްވެސް ޕީޖީން ބުންޏެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް