ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ދާދި ފަހަކުން އައްޔަން ކުރެއްވި ހީނާ ވަލީދު ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ހީނާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11 ޖަހާއިރު ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.
އެ މަގާމަށް ހީނާ އައްޔަން ކުރެއްވީ މިމަހުގެ 23ވަނަ ދުވަހުއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެ މަގާމަށް އެންމެ ފުރަތަމަ މި ސަރުކާރުން އައްޔަން ކުރެއްވީ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ޝަހީބެވެ. ނަމަވެސް އޭނާ އަށް ނޫސްވެރިންނާއި އާއްމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އެމަގާމުން ޝަހީބު ދުރުކުރިއެވެ.
އަދި ހީނާ އެމަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތްތާ ދުވަސްތަކެއް ފަހުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ