ދޭދޭ ގައުމުތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އެ އެއްބަސްވުންތައް ހާމަ ކުރަމުން ގެންދާނެ ކަމަށާއި މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މަގާމަށް އައްޔަން ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ޗައިނާއާއެކު ވެސް އަދި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތުތައް ސަރުކާރުން ހާމަ ކުރާނެ ކަމަށެވެ. ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ވަޑައިގެން އެގައުމާއެކު ޖުމްލަ 20 އެއްބަސްވުމެއްގައި ރާއްޖޭން ސޮއި ކޮށްފައިވާ ކަމަށެވެ.
އެ ހުރިހާ އެއްބަސްވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި އޮތީ ތަރައްގީއާ ގުޅުންހުރި އެއްބަސްވުންތައް ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. ހީނާ ވިދާޅުވީ އެ އެއްބަސްވުންތަކުގެ މައުލޫމާތުތައް މީޑިއާތަކަށް ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ފޯރު ކޮށްދެމުން ދާނެ ކަމަށެވެ.
"އަދި ހަމަ އެހެންމެ އިންޑިއާއާއެކު ހެދިފައިވާ އެއްބަސްވުންތައް ވެސް އަޅުގަނޑުމެން އެ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ނޫސްވެރިންނާއި ހަމައަށް ފޯރުކޮށްދެމުން ދާނަން،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ގާނޫނީ ނިޒާމުގެ ތެރެއިން އެއްބަސްވުންތަކުގެ އެ މައުލޫމާތުތައް ހާމަ ކުރެވޭނެ ގޮތްތަކެއް އޮންނަ ކަމަށެވެ. އެކަމުގެ މިސާލު ދައްކަވަމުން ހީނާ ވިދާޅުވީ އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތުތައް މަޖިލީހުގެ ވަކި ކޮމެޓީއަކަށް ހާމަ ކުރެވޭ ނިޒާމެއް ވެސް އޮންނަ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ