ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތަކުގެ މަސައްކަތް ނިމެންވާއިރަށް އެ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލަތައް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ވަނީ ހައުސިން ކޮމެޓީއެއް އުފައްދައިފައެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފްލެޓު ކޮމެޓީގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށެވެ.
"ފްލެޓުތަކުގެ މަސައްކަތްތައް އަދި ނުއެއް ނިމޭ އެހެންނަމަވެސް އުއްމީދު ކުރަނީ ފްލެޓު ކޮމެޓީގެ ޑިޒިޝަންތައް ނިމި އެ ހައްގުވެރި ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުން،" ހީނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ވަނީ އެ ސަރުކާރު ނިމުމުގެ އެއް ދުވަސް ކުރިން ފްލެޓުގެ ދާއިމީ ލިސްޓު އާއްމުކޮށްފައެވެ. ނަމަވެސް އެކަން އޭސީސީން ހުއްޓުވިއެވެ. އަދި ފްލެޓު މައްސަލައިގެ ތަހުގީގެއް ފެށިއެވެ.
ތަހުގީގު ނިންމާ އޭސީސީން ބުނީ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ ޝަރުތު ހަމަ ނުވާ ފަރާތްތައް ކަމަށެވެ.
އެ ކޮމިޝަނުން ފްލެޓުތަކާއި ގުޅޭ ގޮތުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި 4،048 ފޯމެއް ބަލާފައިވާ ކަމަށާއި އެ ފޯމުތަކުގެ ތެރެއިން 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ކޮމިޝަނުން ބެލި ފޯމުތަކުގެ ތެރެއިން 20 ޕަސެންޓު ފޯމުގައި މައްސަލައެއް ނެތް ކަމަށާއި އެފަރާތްތައް ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓުގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ހިމެނެނީ 824 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ