ރާއްޖޭގެ ފަރާތުން އެކި ގައުމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސަފީރުންގެ ނަންތައް ގިނަ ދުވަސްތަކަކަށްފަހު، އެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަފީރުކަމަށާއި މަންދޫބުކަމަށް އައްޔަން ކުރަން ރައީސް ފޮނުއްވެވި 8 ނަމެއް މަޖިލީހުން މިއަދު ފާސްކުރިއެވެ. އެ ނަންތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅި ބައެއް ނަންތައް ވެސް ހިމެނެއެވެ.
މަޖިލީހުން ފާސްކުރި ނަންތައް:
- ޔޫއޭއީ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު
- އދ.ގެ ދާއިމީ މަންދޫބުކަމަށް ޑރ. އަލީ ނަސީރު މުހައްމަދު
- އިނގިރޭސީވިލާތުގެ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
- ސްރީލަންކާގެ ސަފީރު ކަމަށް މަސްއޫދު އިމާދު
- މެލޭޝިއާގެ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
- ބެލްޖިއަމް ސަފީރުކަމަށް ގީލާ އަލީ
- ޖެނީވާ ޔޫއެން އޮފީހުގެ ދާއިމީ މަންދޫބުކަމަށް ޑރ. ސަލްމާ ރަޝީދު
- ސިންގަބޫރު ސަފީރުކަމަށް މުހައްމަދު ލުވެއިޒް
މީގެ ތެރެއިން ބައެއް ނަންތަކަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވެވި ނަންތަކެކެވެ. އެ ނަންތައް މަޖިލީހުން ދިރާސާކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެމްޑީޕީ މެޖޯރިޓީ އޮންނަ އެ ކޮމެޓީގެ މުގައްރިރަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.
ގިނަ ދުވަސްތަކަކަށްފަހު، ސަފީރުންނަށް މަޖިލީހުން ރުހުން ދީފައި މި ވަނީ މި ހިނގާ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން އެންމެ މަހަކަށްވެފައިވަނިކޮށެވެ. އަލަށް އިންތިހާބުވި 20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވާނީ އަންނަ މަހުގެ 28ގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ