ނިމިދިޔަ ސަރުކާރުން މާލޭ މީހުންނަށް ދޫކުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހެޅުއްވި އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ 35 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރިހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަ ވެގެން 6 މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްތްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލުކުރައްވާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،001 ގޯތި ދޫކުރަން ނިންމިއެވެ.
އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން މިގޮތަށް ފާސްކުރީ މި ހިނގާ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން އެއް މަހަށްވެފައިވަނިކޮށެވެ. އަލަށް އިންތިހާބުވި 20 ވަނަ މަޖިލީހުގެ 93 މެމްބަރުން ހުވާ ކުރާނީ އަންނަ މަހުގެ 28ގައެވެ. އަލަށް އިންތިހާބުވި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ހިންގާ، ޕީއެންސީއަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި